ފަހުގެ ޚަބަރު


އިތުރަށް...

ތާރީޚް: : Saturday, October 5, 2013 [0] ކޮމެންޓްތައް ފާހަގަ: , ,

އަލީ ރަމީޒު އީދު މަދަހަ އަލްބަމް ނެރެނީ

ލިޔުނީ: Unknown

އީދަށް ޚާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަހަ އަލްބަމެއް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ނެރެން ތައްޔާރުވެއްޖެ އެވެ.

"ތަހާނީ"ގެ ނަމުން ނަން ދީފައިވާ އަލްބަމްގައި ހިމެނޭ ހަތް މަދަހަ ކިޔާފައިވަނީ އަލީ ރަމީޒުގެ އިތުރުން ހަތް ކުޑަކުދިންނެވެ. މި އަލްބަމްގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު ކުރިން ރިލީޒް ކޮށްފައިވާ އީދު މަދަހައެއް ކަމަށްވާ "މަރުހަބާ އީދު މުބާރިކް" ވެސް ހިމަނާފައިވެ އެވެ.

އަލީ ރަމީޒު ބުނި ގޮތުގައި މި އަލްބަމްގެ ޅެންތައް ހަދާފައިވަނީ އާދަމް ނަސީރު އިބްރާހީމް އާއި މުހައްމަދު އާމިރު (ފަރެސް) އާއި އަބްދުﷲ އަފީފް އެވެ. އެއިގެ އިތުރުން، މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑައިއްބެ އާއި އަބްދުﷲ ރަޝީދުގެ އިތުރުން މޫސާ ޝިފާއު އާއި އަބްދުލް އަލީމް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު މި އީދު ސީޑީ ނެރެން ގަސްދުކުރާތާ ދުވަސްތަކެއް ވެއްޖެ. އަސްލުގަ އީދަކީ މުޅި އަހަރުގައި ވެސް މުސްލިމުންނަށް އަންނަ އެންމެ އުފާވެރި ދުވަސް. އެހެންވީމައި މި އުފާވެރި ދުވަހު އުފާވެރިކަމުގެ އެކިއެކި ޅެންތައް ކިޔުމަކީ މުސްލިމުންގެ މެދުގައި ގުޅުން ވަރުގަދަވެ، އިތުރަށް އުފާވެރިކަން ގެނެސް ދޭނޭ ކަމެއްކަމަށް އަޅުގަނޑު ދެކެނީ. އަދި މިފަދަ އީދު ސީޑީއެއް އަޅުގަނޑުމެންގެ އަތުގައި ނުވެސް ނެތް. އެހެންވީމާ މިއީ ކޮންމެހެން ވެސް ކުރަން ވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ،" އޭނާ ބުންޏެވެ.

 ” ޔާރައްބަނާ ” ، ” އޭ އުޚްތާ ” ނަމުގައި ކާމިޔާބު މަދަހަ އަލްބަމްތަކެއް ނެރެފައިވާ އަލީ ރަމީޒުގެ ތަހާނީ އަލްބަމް މިމަހުގެ 08 ދުވަހުން ފެށިގެން އަބާޔާ ފިހާރައިން ލިބެން ހުންނާނެ ކަމަށާއި ސީޑީ އެއްގެ އަގަކީ -/100 ރ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މި އަލްބަމްގައި ހިމެނޭ މަދަހައެއް: ޢީދަކުން
ލިޔުނީ: Unknown
ބައްތިރީސް އަހަރަށްފަހު، ބޮލީވޫޑްގެ ސްޕަސްޓާރ އަމީތާބް ބައްޗަން އާއި، އޭނާގެ ކުރީގެ ލޯބިވެރިޔާ ރޭކާ އެއް ފިލްމަކުން ފެނުމުގެ ފުރުސަތު ލިބިފައިވާ ކަމަށް، ފިލްމް “ވެލްކަމް”ގެ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ބުނެފި އެވެ.

އޭނާ ބުނީ އޭނާ އަލަށް އުފައްދާ ވެލްކަމްގައި ހަރަކާތްތެރި ވުމުގެ ފުރުސަތު ސްޕަސްޓާ އަމީތާބަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ހަމަ އެފިލްމުގައި އަމީތާބާއެކު ހަރަކަތްތެރި ވުމަށް ރޭކާއަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

ފީރޯޒް ބުނީ އަމީތާބުފެ ފަރާތުން އަދި ޖަވާބެއް ނުލިބުނު ނަމަވެސް އެ ފުރުސަތު އަމީތާބު ގަބޫލު ކުރުމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

އެއް ދުވަސްވަރެއްގައި ބޮލީވުޑުގައި ތިބި އެންމެ މަޝްހޫރު ޖޯޑަކީ އަމީތާބާއި ރޭކާގެ ޖޯޑެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި އެކަމަށް އަދިވެސް ބަދަލު އައިސްފައެއް ނުވެ އެވެ. އެހެންކަމުން އަމީތާބާއި ރޭކާ އެއްފިލްމަކުން ފެނުމަށް ސަޕޯޓަރުން މިހާރުވެސް އެދެމުން ދެ އެވެ.

އަމީތާބާ ރޭކާ އަކީ އެ ދެމީހުން ކުޅުނު ފިލްމުތަކެކޭ އެއްގޮތަށް އޭރު ހަގީގީ ދިރިއުޅުމުގައިވެސް ދެ ލޯބިވެރިންނެވެ. ނަމަވެސް އަމީތާބުގެ އަންހެނުން ޖަޔާ ބައްޗަށް އެކާމެދު ވަރަށް ކަންބޮޑުވެ އައީ ނަފްރަތު ކުރަމުންނެވެ. ރޭކާ އާއި އަމީތާބާ ދެމީހުން އެކުގައި އެކްޓްކޮށްފައިވާ އެންމެ ފަހު ފިލްމަކީ ސިލްސިލާއެވެ. ބޮކްސް އޮފީހުގައި އެތައްލައްކަ ބައެއްގެ މަގްބޫލުކަން ހޯދި މި ފިލްމު ބައްޓަން ކޮށްފައިވަނީ އެ ދެމީހުންގެ ލޯބީގެ ހަގީގީ ވާހަކަށް ބިނާކޮށެވެ.

އެ ފިލްމަށްފަހު އެ ދެމީހުން އެކަކު އަނެކަކާ ބައްދަލު ކޮށްފައެއް ނުވެ އެވެ. އަދި ދެމީހުން ހަފްލާއަކުން ބައްދަލު ވިނަމަވެސް ކޮންމެސް ގޮތަކުން އެކަކު އަނެކަކާ ދުރަށްޖެހި އެކަކު އަނެކަކާ ކުރިމަތިލާން ބޭނުން ނުވާފަދަ ގޮތަކަށް ދެމީހުންވެސް ކަންތައް ކުރަމުން ގެންދެ އެވެ.

އަމީތާބާއި ރޭކާ، ދެމީހުން އެކުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ވަނީ ކުޅެފަ އެވެ. އެ ގޮތުން އެ ދެމީހުން އެކުގައި އަށާރަ ފިލްމެއްގައި ހަރަކާތްތެރި ވެފައިވެ އެވެ.
ލިޔުނީ: Unknown
ހަމްދީ އާއި އެކު ވޮއިސް ޓްރޭނިން - ލ. ފޮނަދޫ
މުދައްރިބެއްގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ހަމްދީ ތަމްރީނުދެއްވާ ވޮއިސް ޓްރޭނިންގ ކޯހެއް ރޭ ލ. ފޮނަދޫގައި ފަށައިފި އެވެ. މި ކޯހަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި ލ. ފޮނަދޫ ބަރާސިލު އެކުވެރި ރައްޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީ އާއި އެ ސޮސައިޓީއާއެކު ޙަރަކާތްތެރިވާ ބައްރު ކުލަބުން ހިންގާ ކޯހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ކޯހުގައި ގަން-ފޮނަދޫގެ ތިރީހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ރޭ ފެށިގެން ދިޔަ މި ކޯހުގައި އަޑުގައި ހިމެނޭ 7 އަޑުކަމަށްވާ 'ސަރެގަމަ...' ގެ މައްޗަށް ފިލާވަޅެއް ކުރިއަށް ގެންގޮސްފައިވެއެވެ. ބައިވެރިން ވަރަށް ޝައުޤުވެރިވާފަދަ ގޮތަކަށް ކުރިއަށްގެންދިޔަ ފިލާވަޅުގައި އިހުގެ ހިންދީ ލަވައެއް އޭގެ އަޑުތަކާއި ނޯޓްތައް އަދި ވޭރިއޭޝަން ތައް އޮޅުންފިލުވައިދެއްވިއެވެ.

މި ކޯހަކީ 4 ހަފުތާގެ މުއްދަތަށް ހިންގާ ކޯހެކެވެ.
ލިޔުނީ: Unknown

އިނގިލި ފިލްމުގެ މަންޒަރެއްގައި މުއާ އާއި ކޮޕީ އިއްސެ
ފިލްމުގެ ނަން: އިނގިލި

ޑައިރެކްޓަރު : ރަވީ ފާރޫގު

ސްކްރީންޕްލޭ: މަހުދީ އަހުމަދު

ސިނެމެޓޯގްރެފީ: ހުސެން މުނައްވަރު

މިއުޒިކް: މުހައްމަދު އިކްރާމް

ތަރިން: އިސްމާއިލް ރަޝީދު، އަބްދުﷲ މުއާޒު

"އިނގިލި" ގެ ވާހަކަ އަޑުއިވުމުން އެންމެން ވެސް ފުރަތަމަ ކުރީ މަލާމާތެވެ. އެއީ ފިލްމަކަށް ކިޔަން ހެޔޮވާވަރުގެ ނަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ޖެހީ ޖޯކެވެ. ފިލްމުގައި ފެންނާނީ މުހިންމު ދެ ކެރެކްޓާއެއް ކަމަށް ބުނުމުން ވެސް ފިލްމުގެ ޑައިރެކްޓަރަށާއި ރައިޓަރަށް އަމާޒުވީ މަލާމާތުގެ ހަމަލާތަކެވެ. އެ ދެ ކެރެކްޓާ ފިލްމުގައި ތަމްސީލުކޮށްދީފައި ވަނީ އެކްޓަރު އިސްމާއިލް ރަޝީދު އާއި އަބްދުﷲ މުއާޒުކަން އެނގުމުން ވެސް ގިނަ ބަޔަކު އައީ ހިންޏެވެ. ވަކިން ހާއްސަކޮށް މުއާޒަށް މަލާމާތްކުރި މީހުން ގިނަ އެވެ.

މުޅި ފިލްމުގައި ގާތްގަނޑަކަށް ފެނިގެންދާނީ އެންމެ ސެޓިިންއެއް ކަމަށް ބުނުމުން ވެސް އަމާޒުވި ފާޑުކިޔުންތައް ގިނަ އެވެ. އެންމެ ސެޓިންއެއްގައި ދިވެހިންނަށް، ޝައުގާކުޅެލެވޭ ވަރުގެ ފިލްމެއް ހެދިދާނެ ކަމަށް ގަބޫލުކުރަން އެއްވެސް މީހަކު ބޭނުމެއް ނުވި އެވެ. އެހެންކަމުން އެ ހިސާބުން ވެސް "އިނގިލި" އާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އަމާޒުވީ މަލާމާތާއި ފުރައްސާރަ އެވެ.

މި ހުރިހާ ފާޑުކިޔުމެއް އަދި މަލާމާތެއްގެ ޝިކާރައަކަށް "އިނގިލި" އާއި މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުވެގެން ދިޔަ އަސްލު ސަބަބަކީ މި ފިލްމު ދިވެހި ފިލްމަކަށްވުމެވެ. ދިވެހި ފިލްމީ ދާއިރާ އަށް ބެލުންތެރިން ކުރި އިތުބާރު ގެއްލިފައި އޮތުމެވެ. ނުވަތަ އެއްވެސް އިރެއްގައި އެ ދާއިރާ އަށް އާންމުންގެ ލޯތްބާއި އިތުބާރު އަދި އިހްތިރާމް ލިބިފައި ނެތުމުންނެވެ. "އިނގިލި" ގެ ބަދުނަސީބަކީ މި ހާލަތުގައި އޮތް ދާއިރާއެއްގެ އުފެއްދުމަކަށް ވުމެވެ.

ކޮންމެއަކަސް މި ހުރިހާ މަލާމާތަކާއި ފުރައްސާރައިގެ ތެރެއިން "އިނގިލި" އެ ވަނީ ނިކަން ފަސޭހަކަމާ އެކު ދެމިގެންފަ އެވެ. އެންމެ އިނގިއްޔެއްގެ އެހީގައި މި ފިލްމާއި ފިލްމުގެ ކުޑަކުޑަ ޓީމު ފިލްމީ ދާއިރާގެ ބޮންތިއަށް އަރައިފި އެވެ. ވިޔަފާރީގެ ގޮތަކުންނެއް ނޫނެވެ. އެކަމަކު ދިވެހި ސިނަމާ އަށް މަލާމާތްކޮށް ޖެއްސުންކުރަމުން ދިޔަ ފާޑުކިޔުންތެރިންގެ އަނގަމަތީގައި އިނގިލި އަޅައިފި އެވެ. އާންމު ދިވެހި ފިލްމުތަކަށް މަރުދިން ބެލުންތެރިން ސިއްސުވާލައިފި އެވެ. އަދި ދިވެހި ފިލްމު ބެލުމަށް މުޅިން އާ އޯޑިއެންސެއް އުފަން ކުރުވައިފި އެވެ.

މިހާ ހިސާބުން "އިނގިލި" މި ފިލްމުގެ ވާހަކަ ފަށަމާ ހިނގާށެވެ. މިއީ ފިލްމުގައި އައްމަޑޭ ބުނާހެން "ދެ މީހަކާއި ވަޅިއެއްގެ ވާހަކަ" އެވެ. ފިލްމުގައި ދައްކުވައި ދެނީ ބޯކޮށް ވާރޭ ވެހެމުންދާ ރެއެއްގައި މި ވިލާގަނޑުން ސަލާމަތްވުމަށް ރަށަކަށް ބަނދަރުކޮށް ހޮޅުއަށްޓެއްގައި ވަގުތު ހޭދަކުރާ މަސްވެރިއެކެވެ. އޭނާގެ ނަމަކީ މޫސަ (ކޮޕީ އިއްސެ) އެވެ. މިއީ ފަސޭހައިން ސަމާސާ އަށް ވިހަވާ އެކުވެރިން މަދު ބީރައްޓެއްސެކެވެ. އަމިއްލަ އާއިލާގެ ހަލަބޮލިކަމުގެ ކުނިބުނީގައި މާޔޫސްވެފައިވާ ނިކަމެއްޗެކެވެ. މި ހާލަތު ބަދަލުކޮށްލުމަށް މަރުގެ އެތިފަހަރަކަށް ގޮންޖަހަން ވެސް ތައްޔާރަށް ހުންނަ މީހެކެވެ.

އެކަނިވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ހޮޅުއަށީގައި ވަގުތު ގުނަމުން ދަނިކޮށް އޭނާގެ މި ހަވާސާގެ މެހްމާނެއްގެ ގޮތުގައި ބައިވެރި ވަނީ ގޮތް ނޭނގޭ ޒުވާނެކެވެ. އޭނާގެ އަތުގައި އޮންނަނީ ވަޅިއެކެވެ. މިއީ މަޝްހޫރު ނަމުން ނަމަ އައްމަޑޭ (މުއާ) އެވެ.

މި ދެ މީހުންގެ ބީރައްޓެހިކަން ފިނި ރޯޅިތަކާ އެކު ދުރަށް ޖެހި ދެ މީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކުން އައްމަޑޭ އަކީ އާދައިގެ މީހެއް ނޫންކަން މޫސާ އަށް ޔަގީންވެ އެވެ. ފެންނަ ފެނުމުގައި އަދި ކިޔައިދޭ ވާހަކަތަކަށް ބަލާއިރު އައްމަޑޭ އަކީ ހުރިހާ ގޮތަކުން ވެސް މޫސަ އަށް ވުރެ ތަނަވަސް މީހެކެވެ. އެއީ މޫސަ ފެންބޮވައިގެންފައިވާ ކެރެކްޓާ އެވެ. މޫސަ އަކީ ފިނޑި އެކެވެ. އައްމަޑޭ އަކީ ޖެހިލުން ކުޑަ ޒުވާނެކެވެ. މޫސަ އަކީ ފަގީރެކެވެ. ކޮނޑުގައި އޮންނަ ތުވާލިގަނޑުގެ އިތުރުން އޭނާގެ އަތުގައި އެކައްޗެއް ވެސް ނެތް ކަހަލަ އެވެ. ފެންނަ ފެނުމަށް އައްމަޑޭ އަކީ ކުޑަ ވަރެއްގެ މުއްސަންޖެކެވެ. އަތުގައި މަސް ދޯންޏެއް ވެސް އޮތް ޒުވާނެކެވެ.

މި ވާހަކައިގެ ތެރެއިން އެންމެފަހުން ފިލްމުގެ ފޯރިގަދަކޮށްލަނީ އައްމަޑޭގެ މި މަސްދޯނި އޭނާގެ ބައިވެރިޔާ އަށް ހުށަހަޅާ ހިސާބުންނެވެ. ފިލްމުގެ ބެޓް ފެށެނީ މިހާ ހިސާބުންނެވެ. ދެން ކަންތައް ވެގެންދާ ގޮތުގެ ތަފްސީލަށް އަޅުގަނޑުމެން ނުގޮސް ނޭވާ ހިފަހައްޓާލާނީ އެވެ.

މި ފިލްމަކީ 2007 ވަނަ އަހަރުގެ ގައުމީ ކުރުވާހަކަ މުބާރާތުން ދެ ވަނަ ހާސިލުކުރި "ހޮޅުއަށީގެ އެކުވެރިޔާ" ގެ އަސްލަށް މަހުދީ ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓްކޮށްފައިވާ ވަރުގަދަ ސަސްޕެންސް ތްރިލާ އެކެވެ. ދަރުމަވަންތަ ސްކޫލްގެ ދަރިވަރެއްގެ ގޮތުގައި މުހައްމަދު ހައްސާން ލިޔުނު ވާހަކަ ކިޔާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. މި ވާހަކަ އާއި މަހުދީގެ ސްކްރީންޕްލޭ ހާސްގުނަ ތަފާތެވެ.

ސްކްރީނަށް "އިނގިލި" އައުމުގެ ކުރިން މި ފިލްމާ ބެހޭ ގޮތުން ދެކެވުނު އެންމެ ބޮޑު އެއް ވާހަކަ އަކީ މިއީ "ފޯ ރޫމްސް" ގެ ސެގްމެންޓް "ދަ މޭން ފްރޮމް ހޮލީވުޑް" ގެ ކޮޕީއެއް ކަމަށް ބުނި ވާހަކަ އެވެ. ނަމަވެސް ހަގީގަތަކީ "ދަ މޭން ފްރޮމް ހޮލީވުޑް" އާއި އޭގެ އަސްލު، ސަސްޕެންސްގެ ބައްޕަ އަލްފްރެޑް ހިޗްކޮކް ގެނެސްދިން "ދަ މޭން ފްރޮމް ސައުތު" އާ "އިނގިލި" މާ ބޮޑަށް ވެސް ތަފާތުކަމެވެ. މި ތިން ފިލްމުގައި އެއް ވައްތަރެއްގެ އެލެމެންޓްތަކެއް ހުއްޓަސް މި އެލެމެންޓްތައް ބޭނުންކޮށްފައިވާ ގޮތް މުޅިން ވެސް ތަފާތެވެ. އެހެންކަމުން "އިނގިލި" އަށް މަހުދީ ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭގެ ފުލް ކްރެޑިޓް ހަގީގަތުގައި ވެސް އޭނާ އަށް ދޭން ޖެހޭނެ އެވެ.

"އިނގިލި" މިހާރު އެ އޮތް ހާލަތަށް ގެނައުމުގެ މޭސްތިރި އަކީ މަހުދީ އެވެ. އޭނާގެ މި ޕްލޭން ތަންފީޒުކުރުމުގެ ހުރިހާ ޝުކުރެއް ރަވީ އަށެވެ.

"އިނގިލި" އަކީ ދިވެހި ސިނަމާ އަށް މުޅިން އާ ރަހައެއް ތައާރަފްކޮށްދިން ފިލްމެކެވެ. ދިވެހި އެހެން ފިލްމުތަކާ ހިލާފަށް އޭގައި ސްޓައިލްއެއް އެބަހުއްޓެވެ. ކޮލިޓީ ވެސް އެބަހުއްޓެވެ. ފިލްމުގެ އެންމެ އާދަޔާހިލާފު ސިފައަކީ އޭގެ ސްކްރިޕްޓެވެ. މިއީ ދިވެހި ސިނަމާއިން މީގެ ކުރިން ފެނިފައި ނުވާ ފެންވަރަކަށް ފައްކާކޮށްފައިވާ ސްކްރިޕްޓެކެވެ. ފިކުރާ ކުޅެލާ ވަރުގެ ސަސްޕެންސް ތްރިލާއަކަށް ބޭނުންވާ ޖުމްލަ ހުރިހާ ސިފައެއް މަހުދީގެ ގަލަމުން އޮއްސާލާފައިވާއިރު އޭގެ އަސްލު ވާހަކައިގެ ފެންވަރު މިވަރަށް ރަނގަޅު ނޫންކަން ވެސް ފާހަގަކޮށްލަން ބޭނުމެވެ.

މި ދާއިރާގެ މާހިރުން އަބަދުވެސް ބުނާ ވާހަކަ އަކީ މޮޅު ފިލްމަކަށް ކޮންމެހެން މޮޅު ވާހަކައެއް ބޭނުން ނުވާ ވާހަކަ އެވެ. ނަމަވެސް މޮޅު ފިލްމަކަށް މޮޅު ސްކްރިޕްޓެއް ބޭނުންވާ ވާހަކަ އެވެ. "އިނގިލި" އަކީ އޭގެ މިސާލެކެވެ.

ފިލްމުގެ ސްކްރިޕްޓްގެ ވާހަކަ އެއް ފަރާތަކަށް ޖައްސާލާފައި ދެން ވެސް ދައްކަން މި ޖެހެނީ ހައްތަހާ ވެސް ފިލްމުން ކަމުދިޔަ ކަންތަކުގެ ވާހަކަ އެވެ. މުޅި ފިލްމުން އަޅުގަނޑަކަށް ކަމުނުދިޔައީ އެންމެ ދެ ކަމެކެވެ. އެގޮތުން ބެޓަށް ފަހު އިހްސާސްތައް ބަންޑުންވެގެންދާ މަންޒަރު މާ ބޮޑަށް ދިގުވެ އޭގެ ސިފަ ހަލާކުވެގެންދާކަން ފާހަގަކޮށްލަމެވެ. އެއަށް ފަހު އޮލިމްޕަހުގެ ސައުންޑްގައި އުޅޭ މައްސަލަ ވެސް ބޮޑެވެ. ފިލްމުގެ ހުރިހާ އިހްސާސެއް ބެލުންތެރިޔާ އަށް ކުރެވޭނީ މިއަށް ވުރެ ސައުންޑް ރަނގަޅު ސިނަމާއެއްގަ އެވެ. އެހެންވީމަ އޮލިމްޕަހުގައި ފިލްމު ބަލާ ނަމަ ބެލުންތެރިން ފިލްމުގެ ކެރެކްޓާތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.

ސިނގިރެޓް އިސްތިހާރުކުރާ ކަމަށް ތުހުމަތުކުރެވޭ ވަރަށް އޭގެ އިސްތިއުމާލުކުރާ މަންޒަރުތައް ފެނުނަސް އޭގެ ނުރައްކަލުގެ ވާހަކަ ފިލްމުގައި ބުނެދޭކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެކަމަކު މިއީ ބޮޑު ބަހުސަކަށް ދެވިދާނެ ކަމެކެވެ.

ރަނގަޅު ވާހަކަތަކުގެ ސިލްސިލާ އަށް އެނބުރިގަނެ މިއުޒިކް ނަގަމާ ހިނގާށެވެ. މީގެ ކުރިން ދިވެހި ފިލްމެއްގައި ބޭނުންކުރި ސްކޯއަކަށް އަޅުގަނޑަށް އެންމެ ކަމުދިޔަ ސްކޯ އަކީ މޫމިން ފުއާދުގެ "ލޫދިފާ" ގައި ބޭނުންކޮށްފައިވާ ސްކޯ އެވެ. އޭގެ މައްޗަށް އިކްރާމްގެ "ލޫދިފާ" ގެ ސްކޯ ކުރި ހޯދައޭ ބުނުމަކީ "ލޫދިފާ" އަށް އަދި ދިވެހި އެހެން ފިލްމުތަކަށް ބުނެވޭ ބަދު ބަހަކަށް ނުވާނެ ކަމަށް ހީކުރަމެވެ. އިކްރާމްގެ މަސައްކަތް މި ފިލްމުގައި މާ ބޮޑަށް ވެސް ތަފާތީ އެވެ. މި މިއުޒިކް ރަވީގެ މި ފިލްމުގައި ނެތް ނަމަ ފިލްމު މަރުވުމުގެ ފުރުސަތު ބޮޑުވީސްކަން ޔަގީނެވެ.

ސިނެމެޓޯގްރެފީގެ މަސައްކަތަށް ދިވެހި ފިލްމީ ދާއިރާ އިން މިހާރު ނަގާލެވޭނެ އެންމެ ގާބިލު އެކަކަކީ ހުސެން މުނައްވަރުކަން އޭނާ މި ވަނީ އަނެއްކާވެސް ސާބިތުކޮށްދީފަ އެވެ.

ޑައިރެކްޓަރު ރަވީ އަކީ ހަމައެކަނި ޑައިރެކްޓަރެއް ނޫނެވެ. އޭނާ އަކީ އާޓިސްޓެކެވެ. ފިލްމީ ދާއިރާ އިން މިވަގުތު ނެގޭނެ އެންމެ ފުރިހަމަ އެއް ފަންނާނަކަށް އޭނާ ވާނެކަން ޔަގީނެވެ. ނެށުންތެރިއެއްގެ ގޮތުގައި ޖާދޫ ދެއްކުމަށް ފަހު އޭނާ ބެލުންތެރިންގެ ހިތްތައް ދެން ފަތަހަކޮށްލީ އެކްޓަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ މި ވަނީ އެންމެފަހުން ދާއިރާގައި އިތުރަށް ކުރިއަށް އަރައިފަ އެވެ. ފިލްމުގެ މުޅި ޕްލޮޓް ކަހަލަ ގޮތަކަށް ސިފަކޮށްދީފައިވާ ޕޯސްޓަރަކީ ވެސް ރަވީގެ ކުރެހުމެއްކަން ފާހަގަކޮށްލަމެވެ.

ރަވީގެ މި ގާބިލުކަމާ މެދު އަޅުގަނޑު ދުވަހަކު ވެސް ޝައްކެއް ނުކުރަމެވެ. ޑާންސަރެއްގެ ގޮތުގައި ވެސް، އެކްޓަރެއްގެ ގޮތުގައި ވެސް އަދި ޑައިރެކްޓަރެއްގެ ގޮތުގައި ވެސް އަޅުގަނޑަކީ ރަވީގެ ފޭނެކެވެ. އޭނާ އަކީ އަބަދުވެސް އޭނާގެ މަސައްކަތުން މީރުކަން ގެނެސްދޭ ފަންނުވެރިއެކެވެ. ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް ނުފޫޒުގަދަކޮށްފައި އޮތް "މިހަށިން ފުރާނަ ދަންދެން" ގެ ވާހަކަ ބާއްވާނީ ހަވާސާއިން ބޭރުގަ އެވެ. އެ ފިލްމަކީ ޑައިރެކްޓަރެއްގެ ގޮތުގައި ރަވީ ނެގި ކަތި އިހްތިޔާރެއްކަން ޔަގީނެވެ.

"އިނގިލި" ގައި ލަވައެއް ނެތެވެ. ފިލްމުގެ ދިގު މިން އެއް ގަޑިއިރާއި 17 މިނެޓަށް ދަންމާލާފައި ވަނީ ޖުމްލަކޮށް އެންމެ ސެޓިންއެއްގައި ދެ އެކްޓަރުންނާ އެކުގަ އެވެ. ފިލްމުގައި އަންހެނެއްގެ އަޑަކަށް އިވޭ ހަމައެކަނި އަޑަކީ ބަތަލާ ޒީނަތު އައްބާސްގެ އަޑެވެ. އެއީ މޫސާއާ މެދު ހިތްހަމަނުޖެހިފައި ހުންނަ އޭނާގެ އަނބިމީހާގެ ގޮތުގަ އެވެ.

ފިލްމުގެ ލީޑް ރޯލު ކުޅެފައިވާ ކޮޕީ އިސްމާއިލް ރަޝީދުގެ ހުނަރުވެރިކަމާ މެދު ޝަކުވާކުރާނެ ޖާގައެއް އޭނާ މިފަހަރު ވެސް ނުދިނެވެ. އޭނާ އަށް ތައުރީފު އޮއްސަމުން އަޅުގަނޑު ބޮޑަށް ފާހަގަކޮށްލަން ބޭނުން ވަނީ ދާއިރާގެ އާދައިގެ އެކްޓަރެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ މުއާގެ ހުނަރެވެ. މީގެ ކުރިން މި ފެންވަރުގައި އޭނާ ޕާފޯމްކުރި ފިލްމެއް އަޅުގަނޑު ނުބަލަމެވެ.

އެހެންވީމާ މި ފިލްމު މި އޮތީ އަޅުގަނޑާ އެކު ދެން ތިބި މީހުން ވެސް ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅުވެފަ އެވެ. މި ފެންވަރުގެ ފިލްމެއް ދިވެހި ސިނަމާއިން ބަލާލުމުގެ ފުރުސަތު ލިބުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. މީގެ ދެ ތިން އަހަރު ކުރިން ވެސް މި ފެންވަރުގެ ފިލްމެއް އަޅުގަނޑުމެންނާ ހަމަ އަށް އައެވެ. އެއީ �ލޫދިފާ� އެވެ.

މޫމިންގެ އެ ފިލްމުގައި މޮޅު ފިލްމެއްގެ ބޯޑް އަޅުވައި އެ ފިލްމާ ދިވެހި އެހެން ފިލްމުތަކާ އަޅާކިޔަން ފެށުމުން ބައެއް ފަރާތްތަކަށް ގަބޫލުކުރެވުނީ އެއީ މޫމިންގެ ފިލްމަކަށް އެ ފިލްމު ވުމުން ލިބުނު ޝަރަފެއް ކަމަށެވެ. އެއީ ވެސް އެއްގޮތެވެ. އަނެއް ގޮތަކީ އެ ފެންވަރުގެ ދެ ވަނަ ދިވެހި ފިލްމެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާ ހަމަށް ގެނެސްދެވިފައި ނުވުމެވެ. އިތުރު އެހެން ބަޔަކަށް އެވަރުގެ ތައުރީފެއް އޭރު ނުކުރެވުނީ މޫމިން ދެއްކި ފެންވަރު ދިވެހި ސިނަމާގެ އެހެން ބަޔަކަށް ދެއްކިފައި ނެތުމުންނެވެ.

ނަމަވެސް މި އޮތީ އެ ދުވަސް ބަދަލުވެފަ އެވެ. މަހުދީ އާއި ރަވީ އަދި ހުސެން އެ ވަނީ "އިނގިލި" އާއެކު "މޫމިން ފުއާދުގެ ކްލަބުން" ޖާގަ ހޯދައިފަ އެވެ. ހަގީގަތުގައި ރަވީގެ މި ފިލްމު އަޅުގަނޑަށް "ލޫދިފާ" އަށް ވުރެ ވެސް "ފޮންޏެވެ". ނަމަވެސް މި ދެ ފިލްމަކީ މުޅިން ވެސް ތަފާތު ދަރަޖައެއްގެ ދެ ވައްތަރެއްގެ ދެ ފިލްމެވެ. އަދި އެ ދެ ޖޯންރާގައި ދިވެހި ސިނަމާ އިން ނެނގޭނެ އެންމެ މޮޅު ދެ ފިލްމު ވެސްމެ އެވެ.

"އިނގިލި" އަކީ ދިވެހި ފިލްމީ ދާއިރާ އަށް މަލާމާތްކޮށް ހަޖޫޖަހައި ދިވެހި ފިލްމު ބަލަން ލަދުން އުޅޭ މީހުން ކޮންމެހެން ވެސް ބަލަން ޖެހޭނެ ފިލްމެކެވެ. އަދި މި ފިލްމަކީ ދިވެހި ފިލްމީ ދާއިރާގައި ހުރީ "އެންމެ މޫމިން ފުއާދެއް" ނޫންކަން ވެސް ސާބިތުކޮށްދިން ފިލްމެކެވެ.

ދިވެހި ފިލްމީ ދާއިރާގެ މޮޅު ފިލްމުތަކުގެ ލިސްޓުން "އިނިގިލި" އަށް ޖާގައެއް ހައްގުވިޔަސް އާންމު ދިވެހި ފިލްމުތަކަށް މަރުދޭ ބެލުންތެރިންނަށް ރަވީގެ މި ފިލްމު ފަހަރުގައި މަރުގެ އެތިފަހަރަކަށް ވެސް ވެދާނެ އެވެ. އެ ފަރާތްތަކަށް ފިލްމު ކަމުނުދާނެ ކަމުގެ ޔަގީންކަން އޮތްއިރު ފިލްމުގައި ވާނުވާ އެނގޭނެ ކަމާ މެދު ވެސް ޝައްކެވެ. މިއީ ޑައިލޮގެއްގެ އެންމެ ލައިނެއް ގެއްލުނަސް ވާނުވާ އޮޅިދާނެ ފިލްމެކެވެ. ފިލްމު ކުރިއަށް ދިޔައިރު އޯޑިއެންސް އެކަމަށް ސަމާލުވެގެން އޮތްކަން ފާހަގަކޮށްލެވެ އެވެ. ދިވެހި ފިލްމަށް ގޮސް އޯޑިއެންސްގައި ފިލްމަށް ޖޯކުޖަހަމުން އަޑުގަދަކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ފިލްމު ބެލި އޯޑިއެންސް އިން ހަޅޭފަޅޭނުޖަހާކަން ފާހަގަކޮށްލެވުނެވެ. ފަހަރެއްގައި ފިލްމު މާ ބޮޑަށް ވެސް ކަމުދިޔައީ އެވެ. ނުވަތަ އެއިން ވީނުވީއެއް ނޭނގި އާގަމަވީ އެވެ.

ކޮންމެ ގޮތެއް ވިޔަސް މިއީ ތަފާތު ދިވެހި ފިލްމެއް ތަޖުރިބާކޮށްލަން ބޭނުން ނަމަ ކޮންމެހެން ވެސް ބަލަން ޖެހޭ ދިވެހި އުފެއްދުމެކެވެ.

މަސްދަރު: ހަވީރު އޮންލައިން
ލިޔުނީ: Unknown
ފިލްމީ ބަތޮލް އަދި ޑައިރެކްޓަރު ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ ފިލްމު "އިނގިލި"ގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަން ފަށައިފި އެވެ. 
ރަވީގެ އިތުރުން މަހުދީ އަހުމަދާއި ހުސެއިން މުނައްވަރުގެ ހިއްސާއާ އެކު އުފައްދާ ފިލްމާ ގުޅޭގޮތުން މަހުދީ ބުނީ ފިލްމު އެޅުވުމަށް އޮލިމްޕަސް ލިބިފައި ވަނީ އަންނަ މަހުގެ 16 އިން 26 އަށް ކަމަށެވެ. ފިލްމު ދެއްކުމަށް އޮލިމްޕަސް ލިބުނު މުއްދަތު ކުރުވުމުންނާއި އެ ފިލްމަކީ އެހެން ފިލްމުތަކާ ތަފާތު ފިލްމަކަށްވާތީ ޓިކެޓް ވިއްކާނީ 11 ދުވަހަށް ކަމަށް އޭނާ ބުންޏެވެ.

"މިއީ ވަރަށް ތަފާތު ސްޓައިލެއްގެ ފިލްމެއް. އެއް ލޮކޭޝަނެއްގައި ނަގާފައިވާ ދެ ފިރިހެނުން އުޅޭ ފިލްމެއް، ލަވައެއް މި ފިލްމުގައި ނުހުންނާނެ. އެހެންވީމާ ލަވަ ބަލަންދާ އޯޑިއަންސަށް އެހާ ކަމުދާނެހެނެއް ހިއެއް ނުވޭ،" އޭނާ ބުންޏެވެ.
މި ފިލްމަކީ މުޅިން އާ ތަޖުރިބާއަކަށްވާތީ އޮލިމްޕަހުގައި ގިނަ ޝޯތަކެއް ދައްކައިގެން ރިސްކު ނަގާކަށް ވެސް ފިލްމު އުފެއްދި ޓީމުން ބޭނުމެއް ނުވެ އެވެ. އެ ޓީމުން ކެތްމަދުވެފައި ތިބީ، އެއީ ބެލުންތެރިންނަށް ނުވަތަ ރާއްޖެއަށް ކަމުދާނެ ސްޓައިލެއްތޯ ޔަގީންކުރުމަށެވެ.

ފިލްމު އޮލިމްޕަހުގައި އެޅުވުމުގެ ކުރިން ބައެއް މީހުންނަށް ފިލްމު ދައްކައިގެން ހިޔާލު ހޯދީ ވެސް އެހެންވެގެންނެވެ.

"ވަރަށް ގިނަ ބަޔަކަށް ފިލްމު ދައްކައިފިން. ފިލްމީ ދާއިރާގެ ކުރީގެ ފަންނާނުންނާއި އެހެން ގޮސް ތަފާތު ބަޔަކަށް ދައްކައިފިން. ފިލްމު ބެލި އެންމެންނަށް ވެސް ވަރަށް ކަމުދޭ. ދެން އޮލިމްޕަހުގައި އެޅުވުމުން އިނގޭނީ އާއްމުންނަށް ކަމުދޭތޯ،" މަހުދީ ބުންޏެވެ.

އޮލިމްޕަހުގައި ދެއްކުމަށް ފަހު ބައެއް އަތޮޅުތަކުގައި ވެސް އެ ފިލްމު އަޅުވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ކޮލަމްބޯގައި ވެސް އެ ފިލްމު އެޅުވުމުގެ ވިސްނަމުން އަންނަ ކަމަށް މަހުދީ ބުންޏެވެ.

އެ ފިލްމު ހަދާފައި ވަނީ 14 އަހަރުގެ ކުއްޖަކު ލިއެފައިވާ "ހޮޅުއަށީގެ އެކުވެރިޔާ" ވާހަކަ އަސްލަކަށް ބަލައިގެންނެވެ. ކ. ގުޅީގައި ޝޫޓްކޮށްފައިވާ އެ ފިލްމުގައި އުޅެނީ އެކްޓަރު އަބްދުﷲ މުއާޒް (މުއ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އެ ދެ މީހުންނާއި އެ ދެ މީހުން ތިބޭ ހޮޅުއަށްޓަކީ އަދި އެރޭ ވާރޭވެހުމަކީ ވެސް ފިލްމުގެ ހާއްސަ ކަމެކެވެ.

"މި ފިލްމަކީ ސަސްޕެންސް ތްރިލާއެއް. މި ފިލްމުގައި އުޅޭ ދެ މީހުންގެ ތެރެއިން އެކަކު ގެންގުޅޭނީ ގިޕޯ ލައިޓަރެއް. އަނެކަކު އަތުގައި އޮންނާނީ ވަޅިއެއް. މުޅި ރޭއެއްކޮށް ވާރޭވެހޭނެ. މި ފިލްމުގައި ވާރެއަކީ ވެސް އަދި ލައިޓަރަކީ ވެސް ކެރެކްޓާއެއް،" ފިލްމުގެ ޑައިރެކްޓަރު ރަވީ ބުނެފައިވެ އެވެ.

ރަވީ އަދި މަޙްދީ ހިމެނިގެން ޑާރކް ރެއިން އެންޓަރޓެއިންމެންޓުން އުފައްދާފައިވާ މިފަދަ އެހެން ތްރިއްލާއެއް ކަމަށްވާ "މިކޮއެ ބައްޕަ ބައޭ ބައޭ" ވެސް ވަރަށް އަވަހަށް ސިނަމާތަކުން ފެނިގެން ޑާނެ ކަމަށް ބެލެވެއެވެ.
ތާރީޚް: : Thursday, April 18, 2013 [0] ކޮމެންޓްތައް ފާހަގަ:

އެކަނިވެރިކަން

ލިޔުނީ: Unknown
އެކަނިވެރިކަމެވެ. އެކަނިވެރިކަމެވެ.
ހިތުގެ ރާސްތާގައި އަހަންނަށް ކެހި މިލިބުނީ ކިހިނެތް ހެއްޔެވެ؟
އަހަރެންގެ ހުރިހައި ހުވަފެންތަކެއް ފުނޑުފުނޑުވެ، އަޅިއަށްވެ، ނާއުއްމީދު ވެއްޖެއެވެ.
އަހަރެންގެ ހުރިހާ އުފާވެރިކަމެއް ފަނޑުވެ ނިދައިފިއެވެ. އަހަރެންގެ ދިރިއުޅުން ގެއްލިއްޖެއެވެ.
އަހަރެން ކަލާ ދެކެ ވީ ލޯބިން އަހަންނަށް ލިބުނީ ހަމައެކަނި ސަޒާ އެވެ.
އެކަނިވެރި ކަމެކެވެ. އެކަނިވެރި ކަމެވެ. ހައްދެއް ނެތް މިންވަރަށް އެކަނިވެރި ކަމެވެ.
ލިޔުނީ: Unknown
ފަތިސް ހަނދުވަރުގެ ފެށުން -  ޕްރިމިއަރ ކުރުން - ފޮޓޯ: ހަވީރު އޮންލައިން
ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ބިރުވެރި ފިލްމު ފަތިސް ހަނދުވަރުގެ ފްރިކްއެލް އެއް ކަމަށްވާ ފަތިސް ހަނދުވަރުގެ ފެށުން – ތްރީ ޑީ ކޮށް ރޭ އޮލިމްޕަސް ސްޓޭޖްގައި ޕްރިމިއަރ ކޮށްފިއެވެ.
ތާރީޚް: : Thursday, October 11, 2012 [0] ކޮމެންޓްތައް ފާހަގަ:

"މިކޮއެ ބައްޕަ ބައޭ ބައޭ" ގެ ފުރަތަމަ ޓްރެއިލާ

ލިޔުނީ: Unknown
މިކޮއެ ބައްޕަ ބައޭ ބައޭ" އަކީ ދަރިއަކު ސަލާމަތްކުރުމަށް މަޔަކުވާ ގުރުބާނީއެއް ތަމްސީލުކޮށްދޭ ފިލްމެކެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ބެނާގެ ދަށުގައި ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މުހިންމު ތަރިންގެ ގޮތުގައި ފެނިގެންދާނީ ރިޝްމީ ރަމީޒު އާއި މުހައްމަދު މަނިކުގެ އިތުރުން ކޮއްޔަ ހަސަން މަނިކު އަދި އަލީ ވަހީދު އެވެ. 
 
ފިލްމުގެ ޕްރޮޑިއުސަރަކީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ މުހައްމަދު އަލީ (މޮގާ) އެވެ.
 
ހަވީރު އޮންލައިން އިން ނާގާފައި
ލިޔުނީ: އަޙްމަދު ނަދީމް
 
ލިޔުނީ: Unknown
މިދިޔަ އަހަރު އެމްއެންބީސީ ވަން (މިހާރުގެ ޓީވީއެމް) އިން ބޭއްވި ވޮއިސް އޮފް މޯލްޑިވްސްގެ ރަން އެއްވަނަ ޙާޞިލްކުރި ލ. ފޮނަދޫ ޙަސަން ޠަލާޤަށް ލިބުނު ރަންވަނައިގައި އަތޮޅު ރައްޔިތުންްގެ ބޮޑު ހިއްސާއެއް އޮތްކަމީ ދެބަސްވެވެން އޮތް ކަމެއް ނޫނެނެވެ.
ލިޔުނީ: Unknown
'މިކޮއެ ބައްޕަ ބައޭ ބައޭ' ގެ ނަމުގައި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރ މުހަންމަދު އަލީ މޮގަރ ޕްރޮޑިއުސްކޮށް، މަޝްހޫރު ނެށުންތެރިޔާ ރަވީ ފާރޫޤް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މަންޒަރު ތަކެއް ފުރަތަމަ ފަހަރަށް ޢާއްމުކޮށްފިއެވެ.
ލިޔުނީ: Unknown

'މިކޮއެ ބައްޕަ ބައޭ ބައޭ' ގެ ނަމުގައި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރ މުހަންމަދު އަލީ މޮގަރ ޕްރޮޑިއުސްކޮށް، މަޝްހޫރު ނެށުންތެރިޔާ ރަވީ ފާރޫޤް ޑައިރެކްޓްކޮށް މިމަސް ތެރޭގައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމަކީ ދިވެހި ފިލްމުތަކެ ތެރެއަށް އިތުރުވެގެންދާނެ ތަފާތު ފިލްމެކެވެ.